މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ބްރޯޑްކޮމް

39 Stories filed
ބްރޯޑުކޮމް ގެ މެމްބަރުކަމަށް ސަފާ އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި
Raajje

ބްރޯޑުކޮމް ގެ މެމްބަރުކަމަށް ސަފާ އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ދ. މީދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރަން ފެންނަ ކަމަށް 40 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. ބްރޯޑްކޮމްގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، ކޮމިޝަންގެ...

ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީގެ ރުހުން ޝިހާމް އާއި ސޮފާއަށް!
Raajje

ބްރޯޑްކޮމް އަށް އައްޔަން ކުރުމަށް މަޖިލީހުގެ ކޮމެޓީގެ ރުހުން ޝިހާމް އާއި ސޮފާއަށް!

ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ސާލިހު، މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ރުހުން ދީފިއެވެ. މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، އެ ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓެއް ވަނީ ހަދާފައެވެ. އަދި ކޮމިޓީން ވަނީ އެ ބޭފުޅުންނާ އިންޓަވިއު ވެސް ކޮށްފައެވެ. އެކަންކަން ބެލުމަށްފަހު، ނެގި ވޯޓުން ބްރ...

ރަށު ކައުންސިލަކާއިއެކު ބްރޯޑްކޮމް އިން ސޮއިކުރި ފުރަތަމަ ފަހުމުނާ ހިންނަވަރު ކައުންސިލާއެކު
Raajje

ރަށު ކައުންސިލަކާއިއެކު ބްރޯޑްކޮމް އިން ސޮއިކުރި ފުރަތަމަ ފަހުމުނާ ހިންނަވަރު ކައުންސިލާއެކު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި ޅ. ހިންނަވަރު ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ބްރޯޑްކޮމް އިން މިހާރު ކުރަމުންދާ ”ބްރޯޑްކާސްޓް އިންޑަސްޓްރީ މޮނިޓަރިންގ – ފާދިއްޕޮޅު ދަތުރު”ގެ ތެރެއިންނެވެ. ބްރޯޑްކޮމް އިން ވިދާޅުވެފައިވާގޮތުގައި އެ ކޮމިޝަނުން މިހާރު ފާދިއްޕޮޅަށް ކުރަމުންދާ ދަތުރުގެ ތެރެއިން ހިންނަވަރު ކައުންސިލާއި ބައްދަލުކޮށް އެ ކައުންސިލާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. ހިންނަވަރު ރަށު ކައުންސިލް އ...

ބްރޯޑްކޮމްގެ މެމްބަރުކަމަށް ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި
Raajje

ބްރޯޑްކޮމްގެ މެމްބަރުކަމަށް ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރުމަށް 4 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވައިފިއެވެ. އެ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް މެމްބަރަކު އައްޔަން މިކުރަނީ ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރު ކަމުގެ މުއްދަތު އަންނަ މަހު 15 ގައި ހަމަވާތީއެވެ. ބްރޯޑްކޮމް އަށް އައްޔަންކުރެއްވުމަށް ފޮނުއްވެވި ނަންތައް 1- ޝިހާމް މުޙައްމަދު ވަޙީދު، ރސ.5143 2- ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ، ދ.ކުޑަހުވަދޫ 3...

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ: ބްރޯޑްކޮމް
Raajje

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ: ބްރޯޑްކޮމް

މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބްރޯޑް ކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސް ކުރައްވައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް އިލްތިމާސް ކުރެއްވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މި ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތާއި ދިމާކޮށް މަޖިލިސްކުރާގޭ ސަރަހައްދުގައި ބޭއްވި އެއްވުމެއް، ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާތީ އެވެ. ބްރޯޑްކޮމް އިން ނެރުނު ސަރކިއުލަރއެއްގައި ވަނީ އެއީ އެ ކޮމިޝަނުން...

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
Raajje

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މެމްބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ފެބުރުވަރީ 5 އަދި 6 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ. މި...

ބްރޯޑްކޮމްގެ ނައިބަކަށް ފަޒީން
Raajje

ބްރޯޑްކޮމްގެ ނައިބަކަށް ފަޒީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ. ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވީ އަހްމަދު ގައިސް އެވެ. އޭނާ ވަނީ އެ ކޮމިޝަންގެ މެންބަރު ކަމުން މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ހަމަޖެއްސި ފަޒީންއަށް މަރުޙަބާ ކިޔައި މިއަދު އެ ކޮމިޝަނުން ބުނީ ފަޒީންގެ ލީޑާޝިޕާއި، އިރުޝާދާއެކު ބްރޮޑްކާސްޓިން ދާއިރާ ތަރައްގީ ކުރުމަށް […]

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ. މި މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، އިސްތިއުފާ ދެއްވުމުން ނެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު […]

ބްރޯޑްކޮމުން ގައިސް އިސްތިއުފާ ދީފި
Raajje

ބްރޯޑްކޮމުން ގައިސް އިސްތިއުފާ ދީފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމު މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގައިސް އިސްތިއުފާ ދެއްވީ، އެހެން މަސައްކަތަކަށް ވަގުތު ހުސް ކުރެއްވުމަށެވެ. އެއީ އަމިއްލަ މަސައްކަތެއްކަމެއް ނުވަތަ ސިޔާސީ މަސައްކަތެއްކަމެއް އަދި ސާފެއްނުވެއެވެ. ގައިސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވުމާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ ގޮނޑި ވެސް ހުސްވާނެ އެވެ. އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް […]

ބްރޯޑްކާސްޓިންގ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަމަރު ބްލޫ އިބްރާހިމް މަނިކާއި ޒާހިދާ އަށް
Raajje

ބްރޯޑްކާސްޓިންގ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ސަމަރު ބްލޫ އިބްރާހިމް މަނިކާއި ޒާހިދާ އަށް

ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފި އެވެ. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑްގައި، މި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޒާހިދާ މީގެެ ދުވަސްތަކެއް ކުރިން ނިޔާވުމާ ގުޅިގެން ޒާހިދާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެކެވެ. ސަމަރު ބުލޫ...

ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

ބްރޯޑްކާސްޓް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ. ބްރޯޑްކޮމް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ. ބްރޯޑްކޮމް އިން ބުނީ، މި އެވޯޑަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭ...

ނޫސްވެރިންގެ ދުވަސް ފާހަގަކުރަން، އެމްއެމްސީ އާއި ބްރޯޑްކޮމް ގުޅިގެން ގައުމީ ހަރަކާތްތަކެއް
Raajje

ނޫސްވެރިންގެ ދުވަސް ފާހަގަކުރަން، އެމްއެމްސީ އާއި ބްރޯޑްކޮމް ގުޅިގެން ގައުމީ ހަރަކާތްތަކެއް

މި އަހަރުގެ ނޫސްވެރިންގެ ދުވަހާ ގުޅުވައިގެން ގައުމީ ކެމްޕޭނެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ނިންމައިފި އެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ އެކި ދުވަސްތަކަށް ބަހާލައިގެން ނެވެ. މި ކެމްޕޭނުގައި ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމްއެމްސީ އާއި ބްރޮޑްކޮމުން ދޫކުރާ ހާއްސަ ބެޖެއްގެ އިތުރުން ނޫ ކުލަ އެވެ. މި އަހަރު ނޫސްވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ […...

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށްދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިމިއްމާލައިފި

ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)އާއި، ޔޫތު މިނިސްޓްރީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ގެންދެވުނު މި ޕްރޮގްރާމްގައި 22 ފަރާތަކުން ބައިވެރިވެ، ތަމްރީން ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލް ކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ތަމްރީން ޕްރ...

ބްރޯޑްކޮމްއިން ކުޅުދުއްފުށީ ކައުންސިލްތަކާއެކު ފަހުމުނާމާއެއް އެކުލަވާލަން މަޝްވަރާކޮށްފި
Thiladhunmathi News

ބްރޯޑްކޮމްއިން ކުޅުދުއްފުށީ ކައުންސިލްތަކާއެކު ފަހުމުނާމާއެއް އެކުލަވާލަން މަޝްވަރާކޮށްފި

ބްރޯޑްކާސިންޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރަށްވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ބްރޮޑްކާސްޓިން ދާއިރާއިން އެކުގައި މަސައްކަތް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބްރޯޑްކޮމްއިން ހުށަހެޅި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ބްރޯޑްކޮމް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ފަރާތް ގުޅިގެން...

މަސްދަރު ހާމަކުރަން ބާރުއަޅައި އިސްލާހުން މިނިވަން ނޫސްވެރިކަން ހީނަރުވާނެ: ބްރޯޑްކޮމް
Raajje

މަސްދަރު ހާމަކުރަން ބާރުއަޅައި އިސްލާހުން މިނިވަން ނޫސްވެރިކަން ހީނަރުވާނެ: ބްރޯޑްކޮމް

މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިގޮތުން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މަސްދަރު ހާމަކުރުމަށް ބާރު އަޅައި، ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާ...