މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމަށް ދ. މީދޫ، ބިއްލޫރިވިލާ، ސަފާ ޝަފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރަން ފެންނަ ކަމަށް 40 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއިރު، ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

Ad
rt

ބްރޯޑްކޮމްގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، ކޮމިޝަންގެ މެމްބަރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދީފައިވަނީ ސަފާ ޝަފީގު އާއި ދަފްތަރު ނަންބަރު ރސ 5143، ޝިހާމް މުހައްމަދު ވަހީދު އަށެވެ

ބްރޯޑްކޮމްއަށް ޝިހާމް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި، އައްޔަންކުރުމަށް ފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބެވީ، އެކޮމިޝަންގެ ރައީސާ މަރްޔަމް ވަޙީދާއާއި، ނާއިބު ރައީސް މުޙައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެންބަރުން ކަމަށްވާ އަމްޖަދު ވަހީދާއި، ޢަލީ ޔޫސުފާއި، އާމިނަތު އަމީނާއާއި، ޝިފްލާ އިބްރާހީމެވެ.

.