ބްރޯޑްކޮމްއިން ފުލުހުންނާއި ބައްދަލުކޮށްފި
ނޫސްވެރިންނަށް މުޒާހަރާތަކުގައި ވަމުންދާ އަނިޔާއާއި ގުޅޭ މަޝްވަރާތައް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ބައްދަލުކޮށްފިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި އެކޮމިޝަންގެ ފަރާތުން ވަނީ މުޒާހަރާތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް ދިމާވަމުން އަންނަ އެކި ކަހަލަ ދަތިތަކާއި، އަދި ފުލުހުން ބާރުގެ ބޭނުން ކުރާ ވަގުތުތަކުގައި ނޫސްވެރިންނަށް ލިބޭ އަނިޔާތަކާއި ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މަޝްވަރާކޮށްފައ...