މޯލްޑިވްސް ބްރޯޑްކާސްްޓް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ.

ބްރޯޑްކޮމް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑްސް 2022” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށެވެ.

Ad
rt

ބްރޯޑްކޮމް އިން ބުނީ، މި އެވޯޑަކީ ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމުބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާޢަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ތަފްޞީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު”ގައި ބަޔާންކޮށްފައިވާނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

މި އުސޫލު މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv ގައިވަނީ ޝާއިރު ކޮށްފަ އެވެ.