ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރު ބުލޫ އިބްރާހީމް މަނިކާއި ކުރީގެ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު މަރުހޫމާ ޒާހިދާ އިބްރާހިމް (ޒާހިދައްތަ) އަށް ބްރޯޑްކާސްޓިން ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދީފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ފުރަތަމަ ބްރޯޑްކާސްޓިން އެވޯޑްގައި، މި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

Ad
rt

ޒާހިދާ މީގެެ ދުވަސްތަކެއް ކުރިން ނިޔާވުމާ ގުޅިގެން ޒާހިދާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެކެވެ.

ސަމަރު ބުލޫ އިބްރާހިމްއަކީ 1974-2006 އަށް ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވި، އެ ދާއިރާއިން މީހުން ބިނާކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބެފުޅެކެވެެ.

ޒާހިދާ ބްރޯޑްކާސްޓިންގެ ހިދުމަތާ ގުޅިވަޑައިގަތީ 1968 ވަނަ އަހަރު އެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އަޑުގެ އެނައުންސަރެއްގެ އިތުރުން ވަރަށް ގިނަ ޕްރޮގްރާމްތައް އަމިއްލަ އަށް އުފައްދައިފަ އެވެ.

މި ދެ ބޭފުޅުންނަކީ ޒަމާނާއެކު އޭރު ރާއްޖެއަށް އަންނަމުންދިޔަ ބަދަލުތަކުގެ ތެރޭގައި އެކިއެކި ދާއިރާތަކުން ޢާންމު ރައްޔިތުން ހޭލުންތެރިކޮށް ކަންކަމަށް އަހުލުވެރިކުރުމުގައި ، އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ، ބްރޯޑްކާސްޓް ދާއިރާ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ.