މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ކަމު މަގާމުގައި ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގައިސް އިސްތިއުފާ ދެއްވީ، އެހެން މަސައްކަތަކަށް ވަގުތު ހުސް ކުރެއްވުމަށެވެ. އެއީ އަމިއްލަ މަސައްކަތެއްކަމެއް ނުވަތަ ސިޔާސީ މަސައްކަތެއްކަމެއް އަދި ސާފެއްނުވެއެވެ.
ގައިސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވުމާއި އެކު އެ ކޮމިޝަންގެ ނައިބު ރައީސް ކަމުގެ ގޮނޑި ވެސް ހުސްވާނެ އެވެ.
އެ ކޮމިޝަންގެ މެންބަރު ކަމަށް ގައިސް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ، އޭރު އެމަގާމުގައި ހުންނެވި، ފާތުމަތު ޒައިނާ އެމަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.
މީގެ ކުރިން ގައިސް ވަނީ، ގދ. އަތޮޅު ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ. އޭނާގެ މެންބަރު ކަމުގެ ދައުރު ހަމަވާނީ 2024 ވަނަ އަހަރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!