ބާރަށު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށާއި ސްޕާކްލް އަށް
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސް ކްލަބް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ސްޕާކްލް އިން ހޯދައިފިއެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭގައެވެ. ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ސޫރިޔާ ސްޕޯޓްސް ކްލަބާއި އޭލިއަންސް ސްޕޯޓްސް ކަލްބެވެ. ވާދަވެރި ފައިނަލް މެޗެއް ފެނިގެންދިޔައިރު، ސޫރިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ސެޓ...