ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ސިޓީ ހޮޓާ ހެދުމަށް 71832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ބައްތިރީސް) ސްކެއާ މީޓަރ ބިމެއް ދޫކުރަން ނިންމައި އެ ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ބިމުގައި ސިޓީ ހޮޓާ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހު (މާދަމާ) 11:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމާފައިވާއިރު، މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ވެސް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ދުމަށް ވަނީ ހަމަޖެހިފައެވެ. މި ބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދެއެވެ. މެއިލް އެޑްރެސް އަކީ procurement@baarah.gov.mv އެވެ.

Ad
rt

މި ބިމާއި ގުޅޭގޮތުން ވިއްކާ ބީލަން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި އެޕްލިކޭޝަން ފޯމެއް ހުށަހަޅަން ޖެހެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ އަންގާރަ ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ބިމަށް ބީލަށް ހުށަހެޅުމުގެ ގޮތުން ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހުގެ 10:00 ގައި ބާރަށު ކައުންސިލް އިދާރާގައެވެ.