ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ކޭކު އެޅުމާއި ކޭކު ޑިޒައިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ސްކޫލް ކުދިންނަށް ވެސް ދިނުމަށް ނިންމާފައިވާއިރު، ގްރޭޑް ފަހަކުން މަތީގެ ދެ ޖިންސްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ.

Ad
rt

ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ.

މި ކޯހަކީ އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރ އިބްރާހިމް ޝުޖާއުއާއި ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔެވުމަށް ބޭނުންވާ އެންމެހާ ތަކެތިވެސް ފޯރުކޮށްދޭން ނިންމާފައި ވަނީ ކޯސް ހިންގާ ފަރާތުންނެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބާރަށު ކައުންސިލް އިދާރާ އަށް ދުރުވެ ފޯމް ނެންގެވުމަށްފަހު މި މަހުގެ 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.