ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ.
ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް ހުށަހަޅަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުއްވުމަށް ބާރަށު ކައުންސިލުން އެދިލައްވައެވެ.
މި ބިމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޕާޓްނާރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
މީގެކުރިން މިފަދަ ބިމެއް ދޫކޮށް، ޤަވާޢިދާއި ޚިލާފުވެގެން ބިން ވަކިކުރި ފަރާތެއްނަމަ، ވަކިކުރިތާ މީލާދީ 1 (އެކެއް) އަހަރު ވެފައިވުމާއެކު އެކަމާއިގުޅިގެން ޚަލާސްކުރަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާއެއް ޚަލާސްކޮށްފައި ނުވާނަމަ މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މިކަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓީން މި މަހުގެ 9 ވަނަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުމަށް ބާއްވާ ބަދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލް އިދާރާގައެވެ.
ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހެއެވެ.
ރަޖިސްޓަރީ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/119487.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!