ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ކުރިއަށް ގެންދިޔަ ސްވިމިން އިންސްޓްރަކްޓަރ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މި މަހުގެ 03 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބާރަށު ކައުންސިލާއި ސްވިމިން އެސޯސިއޭޝަނާއި ބާރަށު ޕޮލިސްޓޭޝަން އަދި ބާރަށު ސްކޫލް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ފުރިހަމަކޮށް ސްވިމިން އިންސްޓްރަކްޓަރުންގެ ގޮތުގައި 12 ބައިވެރިން ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މި ޕްރޮގްރާމްގައި ފަތަން ދަސްކޮށް 50 މީޓަރަށް ފަތައިގެން 60 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާރަށު ސްކޫލުގެ އިހު މާލަމުގައި ބާއްވާފައިވާއިރު، މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ހއ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.