ބާރަށު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއަށާއި ސްޕާކްލް އަށް

photo_6244287960941970284_y

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސް ކްލަބް އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ސްޕާކްލް އިން ހޯދައިފިއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައިވަނީ ރޭގައެވެ. ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ސޫރިޔާ ސްޕޯޓްސް ކްލަބާއި އޭލިއަންސް ސްޕޯޓްސް ކަލްބެވެ. ވާދަވެރި ފައިނަލް މެޗެއް ފެނިގެންދިޔައިރު، ސޫރިޔާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަސްސެޓް ކުޅެގެންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ (21/25، 25/15، 25/22، 13/25، 15/11 ) އިންނެވެ.

މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ -  އާލީ އާމިރު، ސޫރިޔާ ސްޕޯޓްސް ކްލަބް

މުބާރާތުގެ އެންމެ މޮޅު ލިބަރޯ -  އަލީ ނިހާދު، ސޫރިޔާ ސްޕޯޓްސް ކްލަބް

މުބާރާތުގެ އެންމެ މޮޅު ކޯޗް – އަލީ ވާފިރު، ސޫރިޔާ ސްޕޯޓްސް ކްލަބް

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓީމް ސްޕާކްލް

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން

އާޒިމް – ވިއޯރާ ސްޕޯޓްސް ކްލަބް

މުއައްވަޒު – އޭލިއަންސް ސްޕޯޓްސް ކްލަބް

ޝަމާހް – ސޫރިޔާ ސްޕޯޓްސް ކްލަބް

މަންސޫރު – އޭލިއަންސް ސްޕޯޓްސް ކްލަބް

އާމިރު – ސޫރިޔާ ސްޕޯޓްސް ކްލަބް

ޝާފިޒް – ވިއޯރާ ސްޕޯޓްސް ކްލަބް

މުބާރާތުގެ ފެއާޕްލޭ ޓީމްގެ މަގާމު ވެސް ހޯދާފައި ވަނީ ސޫރިޔާ ސްޕޯޓްސް ކްލަބުންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅެފައި ވަނީ އިއްޔެ ހަވީރުއެވެ. ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ސްޕާކްލްއާއި ވިއޯރާ ސްޕަރ ކްއީންއެވެ. ސްޕާކްލް އިން ވަނީ ފަސޭހަކަމާއިއެކު ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. އެ ޓީމުން މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ (25/5، 25/15، 25/14) އިންނެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމް ސްޕާކްލް ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސްޕާކްލްގެ އަންސޫދާ އައްބާސް އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަށް ސްޕާކްލްގެ އައިމިނަތު މުފީދާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސްޕާކްލްގެ ކޯޗް މުހައްމަދު ޝާފިޒްއެވެ.

މުބާރާތުގެ އެންމެ މޮޅު ހަކުޅުންތެރިން

ތޫބާ – ވިއޯރާ ސްޕަރ ކްއީންސް

މުފްޝިދާ - ވިއޯރާ ސްޕަރ ކްއީންސް

ޒުނޭޝާ – އޭލިއަންސް ކަނބަލުން

ލަމްޝާ - ސްޕާކްލް

ލަޔާ - ސްޕާކްލް

އަންސޫދާ - ސްޕާކްލް

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި