ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއަމި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކޯހަކީ ބާރަށު ކައުންސިލާއި އެ ރަށު ސައުދީމަންޒިލް / އިބްރާހިމް ޝުޖާއު، ގުޅިގެން އެ ރަށު ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.

Ad
rt

މި ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރު ފުރިފައިވުމާއި، ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ. ކޯހުގެ ބައިވެރިން އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. މި ކޯހުގެ ހުރިހާ ހަރަދެއް ހަމަޖައްސަނީ އިބްރާހީމް ޝުޖާއުއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ބާރަށު ކައުންސިލަށް އައިޑީ ކާޑުގެ ކޮޕީއާއިއެކު ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.