ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ އޮފީސްތަކުގެ ދެވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ އަންހެން ބަޔާއި ފިރިހެންބައި ހިމެނޭހެންނެވެ. ކޮންމެ އޮފީހަކުން އަންހެން އަދި ފިރިހެން ޓީމް ބައިވެރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 13 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ބާރަށު ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުރި އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމެވެ. އެ ރަށުގައި ދެ ޖިންސްގެ ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި ވާދަވެރި މާހައުލެއްގައި ފުޓްސަލް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގެ ޖެ ޖިންސް ވަކިން ވަނަތައް ހޮވައި ތައްޓާއި މެޑަލްގެ އިތުރުން ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.