ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފިއެވެ. ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއެކު ރަސްމީކޮށް ކެމްޕޭން ފެށުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވިގެން ގޮސްފައެވެ. އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި ނަންތައް ތަރުތީބުކުރަން ގުރުއަތު ނެގުމުގެ ފުރުސަތު ދިނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމުތައް ހުށަހެޅި ތަރުތީބުންނެވެ. ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ...