ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި އެ ޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދު މިއަދު ހަމަޖައްސައިފިއެވެ.

ޤާސިމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި ޢަލީ ވަޙީދު ހަމަޖެއްސިކަން ހާމަކުރެއްވީ ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޢަލީ ވަހީދު އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އިއްޔެ އޭނާ ވަނީ ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރގެ މަޤާމަށް ވެސް ހަމަޖައްސާފައެވެ.

ޤާސިމްގެ ރަނިން މޭޓެއް ކަނޑައެޅުމުގެ އިޚްތިޔާރު އިއްޔެ ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައިވާއިރު، ޤާސިމްގެ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ވަނީ ދެ ބޭފުޅަކު ކުރިން ހަމަޖައްސާފައެވެ.

މިގޮތުން އުތުރު މެނޭޖަރަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. އަމީން އިބްރާޙީމް ހަމަޖައްސާފައިވާއިރު ދެކުނު މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްޙާމް އަޙްމަދެވެ.