ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު، އެ ޕާޓީގެ ލީޑަރ،ު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ގާސިމްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ފަށާފައިމިވަނީ މިއަހަރުގެ ސެޕްޓެމްބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.

Ad
rt

ގާސިމްގެ އިތުރުން، އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ހަމަޖެއްސަވާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ވެސް މިހާރުވަނީ ހުށަހަޅާފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ރަނިންމޭޓު ހަމަޖެއްސެވިކަން މިހައިތަނަށް އިއުލާން ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އެވެ.

އެމްއެންޕީ ގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ ރަނިންމޭޓު އިއުލާނު ކުރުމަށް ބާއްވާ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.