އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސް ކުރައްވައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ސެޕްޓެމްބަރިު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ މާހައުލަކ، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ ފަދަ ޑިމޮކްރަސީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންތިހާބަކަށް ހެދުމަަށް މަސައްކަތް ކުރަމުންގެންދާ ކަމަަށެވެ.

Ad
rt

މީގެ އިތުރުން މި އިންތިހާބަކީ އިންސާފުވެރ،ި ހާމަކަންބޮޑު އަދި އިތުބާރުކުރުވަނިވި މާހައުލެއްތޯ ކަށަވަރު ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާ ކަމަށް ވެސް އެޗްއާރްސީއެމް އިން ވަނީ ވިދާޅުވެފައެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ އިންތިހާބު އޮބްޒާވްކުރުމުގެ މަސައްކަތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި އިންތިހާބު ގެކުރިން ހިނގާ ކަންކަން ދެނެގަތުމާއ،ި ވޯޓު ލާ ދުވަހު އިންތިހާބު އޮބްޒާވްކުރުމާއި އިންތިހާބުގެ ފަހުން ހިނގާ ކަންކަން ބެލުމަށް ރާވާފައިވާ ކަމަށެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ އިންތިހާބާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކާ ބައްދަލުކޮށް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއ،ި ދިމާވާ ގޮންޖެހުންތަކާމެދު މަޝަވަރާކުރަމުންދާ ކަމަށާއި އިންތިހާބާ ގުޅޭ ކަންކަން މޮނީޓާ ކުރުމުގެ އިތުރުން ވޯޓުލުމުގެ ހައްގާއިމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، ސެޕްޓެމްބަރު 30 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.