މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިމްމޭޓަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ.

އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެންޑިޑެސީ ފޯމް ހުށަހެޅުން ދަރުބާރު ގޭގައި މިހާރުދަނީ ކުރިއަށެވެ.

Ad
rt

އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް 26 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަމުންދާތީ ކަމަށާއި އެއީ އެގޮތުގެ މަތިން ގެނެވުނު ބަދަލެއް ކަމަށެވެ.

އެހެންނަމަވެސް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނަވައިގެން އަމްރު އޭރު ގެންދެވީ، ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ސެޕްޓެމްބަރު މަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެނޑިޑެސީ ފޯމު ހށަހެޅުމުގެ މުއްދަތު މާދަމާ މެންދުރު 2 ޖަހާއިރަށް ހަމަވާނެއެވެ.

މިހައިތަނަށް ކެނޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ސާލިހާއި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ނާޒިމް އެވެ.

ސާލިހްގެ ރަނިންމޭޓަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހަމަޖައްސާފައިވާއިރު، ނާޒިމްގެ ރަނިންމޭޓަކީ ޑރ. އަދީލް ނަސީރުއެވެ.

އިލްޔާސް ލަބީބްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިއަދު ކެންޑިޑެސީ ފޯމު ހުޅަހަޅަން ވަނީ ނިންމާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އުމަރު ނަސީރު، އެމްއާރްއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫނު އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ އަދި މިހާތަނަށް ރަނިންމޭޓް އިއުލާނުކޮށްފައެއް ނުވެއެވެ.