މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރިޔާސީ އިންތިޚާބު

256 Stories filed
މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް
Raajje

މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް

ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ […]

ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް އަޅައި ދެނީ
Raajje

ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް އަޅައި ދެނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކޮންމެ ރަށެއްގެ އަތިރިމަތީގައި ރީތި މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ.  އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު […]

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު
Raajje

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...

ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!
Raajje

ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!

ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […]

މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް
Raajje

މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގާސިމް ވަޑައިގަތީ ހެނބަދޫއަށެވެ. ހެނބަދޫން ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން [...

ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!
Thiladhunmathi News

ގާސިމަށް ހެނބަދޫން ވަރަށް ހޫނު މަރުހަބާއެއް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ ނ. ހެނބަދުއަށެވެ. އެ ރަށުން ގާސިމަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ. ހެނބަދޫގެ އިތުރުން މިއަދު ނ.ކެނދިކުޅުދޫ، ނ. މާޅެންދޫ، ނ.ލަންދޫ އަދި ނ.މާފަރަށް […]

ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން
Thiladhunmathi News

ގާސިމަށް ވޯޓެއް ދޭށޭ ބުނުމުގެ ފުރިހަމަ ޝަރަފް އެބައޮތް: ނިހާން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރައްޔިތުން ކައިރި އަށް ގޮސް، ވޯޓެއް ދޭށޭ ވިދާޅުވުމުގެ ފުރިހަމަ ޝަރަފް އެބައޮތް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ފިނޭގައި ޖޭޕީން ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ […]

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު
Raajje

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ...

ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު
Raajje

ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމެއްގައި: ރައީސް ވަހީދު

ރާއްޖެ އަށް ކުރިމަތިވެފައިވާ ދަރަނީގެ އަނދަވަޅުން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހދ. ނެއްލައިދޫގައި މިއަދު ވިދާޅުވެއްޖެއެވެ. ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރައީސްއަކަށް ހުންނަ ބޭފުޅަކު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. ވެރިކަމަކީ ކޮންމެ މީހަކާ […]

ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު
Raajje

ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު

ވޯޓެއް ނުގަންނާނެ ކަމަށާއި ރިޝްވަތެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އޮތީ ހަތަރުއަނގޮޅި އަކަށް ހުއްޓިފައި...

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި
Thiladhunmathi News

ގާސިމްގެ ވެރިކަމެއްގައި ރިސްކް އެލަވަންސް ބޮޑު ކުރުމަށް ވައުދުވެވަޑައިގެންފި

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް ވަނީ ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އަމާޒަކީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ގޮސް، އެމީހުން ޝަކުވާތައް […]

ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް
Thiladhunmathi News

ވެރިކަމަށް ކުރިމަތިލީ އަމިއްލަ އެދުމެއްގައެއް ނޫން، ރައްޔިތުންނަށް ހިދުމަތް ކުރަން: ގާސިމް

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށާއި ބޭނުން ވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރަން ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކުރިނބީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ރައްޔިތުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމުގެ ހާލަތު ކިޔައިދެމުން އަންނަނީ ރައްޔިތުންގެ ނެތް އަމިއްލަ...

ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުން ހިމަނައި ފާރިސްގެ މެނިފެސްޓޯ ލޯންޗުކޮށްފި
Raajje

ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުން ހިމަނައި ފާރިސްގެ މެނިފެސްޓޯ ލޯންޗުކޮށްފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި ފާރިސްގެ ރިޔާސީ ވައުދުތައް ނުވަތަ މެނިފެެސްޓޯ ލޯންޗުކޮށްފައިވަނީ ރާއްޖޭގައި ސްޕާގެ ނަމުގައި ހިންގާ ނުރަނގަޅު ތަންތަން ބަންދުކޮށް ރެގިއުލޭޓުކުރުމާއި ބަރަހަނާ ވެބްސައިޓްތައް ބްލޮކް ކުރުން ވަނީ ހިމ...

''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް
Thiladhunmathi News

''ޤާސިމް-އަމީން'' މެނިފެސްޓޯ: ބޮޑު ތިލަދުންމައްޗަށް ގިނަ ވައުދުތަކެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ ރޭ ލޯންޗުކޮށްފައިވާއިރު، އަހަރަކު 5 މިލިއަން ކޮންޓޭނާގެ ހިދުމަތް ދެވޭ ވަރަށް އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ތަރައްގީ ކުރުމާއެކު މުހިއްމު ވައުދުތަކެއް ބޮޑުތިލަދުންމަތީގެ ސަރަހައްދަށް ހިމަނައިފިއެވެ. ”ޤާސިމް-އަމީން 2023” މެނިފެސްޓޯ އެކުލަވާލާފައި ވަނީ މައިގަނޑު 15 އަސާސެއްގެ މައްޗަށެވެ. އޭގެތެރެއިން ”ސަރަހައްދީ ތަރައްގީ އާ ހަރުފަތަކަށް” މި އަސާސްގެ ދަށުން ރާއްޖޭގައި އިޤްތިޞ...

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި
Raajje

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި ގާސިމްގެ މެނިފެސްޓޯ ލޯންޗުކޮށްފި

މައިގަނޑު 15 އަސާސެއްގެ މައްޗަށް އެކުލަވާލި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ މެނިފެސްޓޯ ލޯންޗުކޮށްފިއެވެ. މި މެނިފެސްޓޯ ލޯންޗުކޮށްފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ކުރިއަށްދިޔަ ހާއްސަ ޖަލްސާގައި ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ގާސިމް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަމްބަރު 5 އެވެ. ގާސިމްގެ […]