މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވިދާޅުވެއްޖެއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަަބީބް މިއަދު ވިދާޅުވިގޮތުގައި، ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށެވެ.
ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ މުއްދަތަށް) ގެނައި ބަދަލުގެ ސަބަބުން، ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ތާރީޚަށް ބަދަލެއް ނާންނާނެ ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
''ރިޔާސީ އިންތިޚާބުގެ މުހިންމު ތާރީޚުތައް ކޮމިޝަނުން ކަނޑައަޅާފައިވަނީ، ގާނޫނަށް ބަދަލު އަތުވެދާނެ ކަމަށް ވިސްނައިގެން. ގުރުއަތުލުން އޮންނާނީ، ކެމްޕޭން ކުރުމަށް ތިރީސް ދުވަސް ލިބޭގޮތަށް، އޮގަސްޓް 9 ވާ ބުދަދުވަހު.'' ހަބީބު ވިދާޅުވެފަވެއެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓުން ރަސްމީކޮށް ކެމްޕޭން ކުރުމަށް ލިބޭ މުއްދަތަކީ، 10 އޯގަސްޓް އިން 8 ސެޕްޓެމްބަރަށެވެ.
ރިޔާސީ އިންތިޚާބު 2023 އަށް ކުރިމަތިލާ މީހުންގެ އެޕްލިކޭޝަން، އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށް، އީސީ އިން ބަލައިގަންނާނީ، ޖުލައި 23 ވާ އާދީއްތަ ދުވަހުން ފެށިގެން، އޮގަސްޓް 7 ވާ ހޯމަދުވަހު ގެ ނިޔަލަށް.
ރިޔާސީ އިންތިހާބުގެ ގާނޫނަށް، (އެޕްލިކޭޝަން ބަލައިގަތުުގެ… pic.twitter.com/QY2jzwhOry— Ismail Habeeb (@IsmailHabeeb) June 24, 2023
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި 282،672 މީހުންނަށް ވޯޓު ދިނުން ހައްގު ލިބިގެންވާއިރު، އަންނަ ރިޔާސީ އިންތިޚާބު ބާއްވަން އީސީން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ޢިއުލާންކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްއެންޕީ ހިމެނެއެވެ.
އެމްޑީޕީން މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާއިރު، ޕީޕީއެމުން ވާދަކުރަން ނިންމަވާފައި ވަނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމެވެ. ޖޭޕީން ވާދަކުރަން ނިންމަވާފައި ވަނީ އެ ޕާޓީގެ ލީޑަރު މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ތިން ބޭފުޅެއް ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ކުރިން އެލްޖީއޭގެ ރައީސްކަން ކުރެއްވި ސުޖާޢު އުސްމާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!