މިފަހަރު ގާސިމާއި ބައްދަލު ކުރީ ''ފިކުރެއްގެ ދިރުން'' ޓީމުގެ ވަފުދެއް
ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ ސިޔާސީ ހަރަކާތުގެ ފަރާތުން، އެ މަނިކުފާނުގެ މަންދޫބުންގެ ގޮތުގައި ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމާއި ބައްދަލު ކުރައްވައިފިއެވެ. މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް ނަޝީދު ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންފުޅު ކުރެއްވީ ”ފިކުރެއްގެ ދިރުން” ޝިއާރެވެ. އެ ޕްރައިމަރީއަށް ފަހު ވެސް އެމަނިކުފާނު ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކ...