ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވާނީ ގެންދިޔައީ ޕާޓީގެ އަސާސީ ގަވައިދާއި އިންތިހާބާ ބެހޭ ގަވައިދާ އެއްގޮތަށް ކަމަށް އެޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގަޑިއަށް އައުމަކީ މަންދޫބުގެ ޒިންމާއެއް ކަމަށާއި މަންދޫބުން ފޮނުވައިގެން އިންތިހާބުގެ ސައްހަކަން ބެލުމަކީ މަންދޫބުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ނަޝީދުގެ މަންދޫބުން ވަޑައިނުގަންނަވާތީ، ވޯޓުލާން ނުފަށައި ބައެއް މަރުކަޒުތަކުގެ އޮފިޝަލުން މަޑުކުރިކަން އޭނާއަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، ޚުދު އޭނާ ވެސް ވޯޓްލުން ކުރިއަށް ގެންދަން އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ކުރިއަށް ދިޔަ ވޯޓު ލުމުގައި ވޯޓަރސް ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާފައިވާކަމަށް މި ޕްރައިމަރީން ބަލިވި، ނަޝީދުގެ ކެމްޕެއިން ޓީމުން އަންނަނީ ބުނަމުންނެވެ.

މިކަމަށް އިޝާރާތް ކުރައްވާ، އިބުރޭ ވިދާޅުވީ ވޯޓަރސް ލިސްޓު، ވޯޓުލާ މަރުކަޒުގެ ބޭރުގައި ތަތްކުރުމަށް ފަހުގައި ނޫނީ ވޯޓުލާން ނުފެށޭނެ ކަމަށް ބުނެ ކުރި ޑިމާންޑަކީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ޑިމާންޑެކެވެ.

މީގެ އިތުރުން އިއްޔެގެ އިންތިހާބަކީ ސައްހަ އިންތިހާބެއް ކަމަށާއި އެއްވެސް ކަހަލަ އޮޅުވާލުމެއް ނުވަތަ މަކަރު ހެދުމެއް ނުހިނގާކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.