ނަޝީދަށް ތާއީދު ކުރަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން: ދިޔާނާ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވަނީ އަމިއްލަ މަންފާއެއް އޮވެގެން ނޫން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ، އެމަނިކުފާނާއެކު ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ނަޝީދަށް ތާއީދު ކުރައްވަން ނިންމެވީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ވާތީ ކަމަށެވެ. އެގޮތުން އެކަނިވެރި މައިންނަށާއި ނުކުޅެދ...