''އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމަކީ ފަޚުރެއް، މަލާމާތްކުރަނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން''
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށާއި، އެކަމާ މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް ކޮންމެ ގޮތެއް ވަރިހަމަ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއް...