މައި ޚަބަރަށް ދިޔުމަށް
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް
Raajje

ރައީސް މުޢިއްޒަށް މެލޭޝިޔާއިން ހޫނު މަރުޙަބާ އެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާ އަށް ވަޑައިގެންފައިވާއިރު އެ ޤައުމުގެ ސަރުކާރުން މިއަދު އެމަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފިއެވެ. މިގޮތުން މެލޭޝިޔާގެ ސަރުކާރުން ރައީސް މުޢިއްޒަށް ދަންނަވާފައި ވަނީ ވަރަށް ހޫނު މަރުޙަބާއެކެވެ. މި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ޕުޓުރާޖާޔާގައެވެ. ރައީސް މުޢިއްޒު ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމެވެ. މި ރަސް...

އިންސާފް ޤާއިމްކުރުމުގައި ވަކި މީހަކު ތަފާތެއް ނުކުރާނަން: ރައީސް
Raajje

އިންސާފް ޤާއިމްކުރުމުގައި ވަކި މީހަކު ތަފާތެއް ނުކުރާނަން: ރައީސް

މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް ރައްޔިތަކަށް ތަފާތު ނުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެ މަނިކުފާނު ބަސްދީގަތުމުގައި މިހެން ވިދާޅުވީ، “2025 އެޕްރީލް 18...

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި
Raajje

ރައީސް މެލޭޝިޔާ އަށް ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެޤައުމަށް ވަޑައިގެންފިއެވެ. ރައީސް މެލޭޝިއާއަށް ވަޑައިގެންނެވުމުން މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރްގެ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑރ. ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެ...

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް
Raajje

ނުފޫޒެއް ނުފޯރުވޭނެ، ފިޔަވަޅުތައް އަޅާނީ ތަހުޒީބުކަމާއެކު: ރައީސް

އެމަނިކުފާނުގެ މައްޗަށް ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފިޔަވަޅު އަޅުއްވާނީ ތަހުޒީބުކަމާއެކު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރި އިތުބާރާއި ކުރެއްވި ހުވާ ކަމަށެވެ. “އަޅު...

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ
Raajje

މެލޭޝިޔާ އިން ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ލިބޭގޮތް ހަދަނީ

މެލޭޝިއާގައި ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ޚިދުމަތް ޤާއިމުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ. މިހާރު ޤައުމުން ބޭރުގައި އެންމެ ގިނަ ދިވެހިން ވަޒަންވެރިވެފައިވާ ޤައުމަކީ މެލޭޝިއާ ކަމަށްވުމާއެކު، މި ދަތުރުފުޅުގެ ސަބަބުން އެ ޤައުމުގ...

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް
Raajje

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވ...

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް
Raajje

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގަށް ހާއްސަ ކޮމިޝަނެއް

18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މަތީ ޒަޚަމްތަކަކާއެކު ހައްވާ ޔުމްނު ރަޝީދު އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިން މެމްބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ. “2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން” ނަމުގައި މި ކޮމިޝަން އުފައްދަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި ވިދާޅުވެފައި ވަނީ، 2025 އެޕްރީލު 18 ވަނަ ދުވަހު […]

''ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ އިސްލާމް ދީނުގެ އިންތައް މުހިންމު ނޫންކަމަށްބުނެ ހިތްވަރުދިން މީހުން''
Raajje

''ޒިންމާ އެންމެ ބޮޑަށް އުފުލަންޖެހޭނީ އިސްލާމް ދީނުގެ އިންތައް މުހިންމު ނޫންކަމަށްބުނެ ހިތްވަރުދިން މީހުން''

ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާއީ ދެރަވަރު ހާލަތުގެ ޒިންމާ އެންމެ ބޮޑަށް ނަގަންޖެހޭ ބަޔަކީ ބިރަކާއި ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓްކުރި މީހުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓި...

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވަނީ
Raajje

ރައީސް ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިހިނގާ އެޕްރިލް މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ރައީސް ކުރަށްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސ...

ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް
Raajje

ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރަން، ނުވެސް ކުރާނަން: ރައީސް

ޤާނޫނީ ވެރިކަން ކުރުމުގައި ތަފާތެއް ނުކުރައްވާކަމަށާއި، އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ މީސް މީޑިއަށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވިދާޅުވީ، ޤާނޫނު އަސާސީ އާއި ޤާނޫނުތައް ތަންފީޒުކުރުމުގައި، ޤާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ޤަައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަށްވާކަމަށެވެ. އަދި އެކަމުގައި ތަފާތު ނުވެސް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. ”އެ މީހެއްގެ ޙ...

ބްރޯޑްކޮމްގެ މެންބަރުކަމަށް 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި
Parliament

ބްރޯޑްކޮމްގެ މެންބަރުކަމަށް 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި 10 މީހެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ. ބްރޮޑްކޮމް އިން ހުސްވެފައި ވަނީ އެންމެ މެމްބަރެއްގެ މަގާމެވެ. އެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމް އަށް މެމްބަރަކު ހޯދަން މިދިޔަ އާދީއްތަ ދުވަހު ޢިއުލާން ކުރުމަށްފަހު، ކުރިމަތި މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ...

ސީއެސްސީގެ ނައިބަކަށް މުޖްތާޒްގެ ނަން
Raajje

ސީއެސްސީގެ ނައިބަކަށް މުޖްތާޒްގެ ނަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުޙައްމަދު މުޖްތާޒް އައްޔަނުކުރުމަށް މަޖިލީހަށް މުޖްތާޒްގެ ނަން ފޮނުއްވައިފިއެވެ. މުޖްތާޒް ސީއެސްސީގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 20 އޭޕްރިލް 2025 ގައެވެ. ސީއެސްސީގެ ނައިބު ރައީސްކަމާއި މެމްބަރެއްގެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ މެންބަރު، އެއިރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުޖްތާޒް ސީއެސްސީގެ ނައިބަކަށް ޢަ...

''ޒުވާނުންނާ މެދު ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ ޑިޖިޓަލް އިޤްތިޞާދެއްގައި ހިއްސާ އޮތުން''
Raajje

''ޒުވާނުންނާ މެދު ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ ޑިޖިޓަލް އިޤްތިޞާދެއްގައި ހިއްސާ އޮތުން''

ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި “ސްޕޮޓް އޮން” ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގަ...

މަސްޖިދުއް ނަބަވީގެ އިމާމު ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި
Raajje

މަސްޖިދުއް ނަބަވީގެ އިމާމު ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ރައީސް ޑރ، މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް މުޢިއްޒު، މަސްޖިދުއްނަބަވީގެ އިމާމަށް މަރުޙަބާ ދަންނަވައި، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖ...

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''
Raajje

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''

ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް،...