މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން ހައްލުކޮށްދެއްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންނާއެކު" ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންނަށް ދިމާވެފައިވާ އައިސް އަދި ތެޔޮ ހޯދުމުގެ މައްސަލަތަކަށް ވަރަށްބޮޑު ޙައްލުތަކެއް ގެންނައުމަށް ދަނީ މަސައްކަތް ކުރަށްވަމުންނެވެ. ކަންކަން ހައްލުކޮށް ދެއްވަމުން ގެންދަވަނީ މަސްވެރިންގެ އަޑުއަހައިގެން ފާހަގަކުރަށްވަމުން ރައީސް ވަނީ މިސާލެއްގެ ގޮތުން ރައީސް އޮފީހުގައި ކެޔޮޅުންގެ ޓީމަކާ ބައްދަލުކުރައްވާ، އެ ބޭފުޅުން ބޭނުންވި ހުރިހާ ކަމެއް ޙިއްޞާ ކުރެއްވިކަމަށް ފާހަގަކުރަށްވާފައެވެ. އަދި މިހާރު ރައީސް އާއި މަސްވެރިންނާ ދެމެދު ސީދާ ގުޅުން ބާއްވަމުންދާކަމަށާއި، މަސްވެރިންނާ ގާތުން މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ކަންކަން މިދަނީ ހައްލުކޮށްދެމުން: ރައީސް

މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، ޢުމްރާނީ ތަރައްޤީގެ ގޮތުންނާއި ވަސީލަތް ޤާއިމުކުރުމުގެ ގޮތުން ވަރަށްގިނަ ކަންކަން ކުރަމުންމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި އަހަރު ނިމޭއިރަށް، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑް ޤާއިމުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

''މަސްވެރިންނަށް ބޭނުންވާ ކަންކަން ޙައްލުކޮށްދިނުމުގައި، އެއީ، ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް، އަދި ވަސީލަތް ޤާއިމުކުރުމުގެ ގޮތުންވިޔަސް އިރާދަކުރެއްވީތީ މިގެންދަނީ ވަރަށްގިނަ ކަންކަން ކުރަމުންނޭ. އައިސް ހޯދައިދިނުމުގައި އަދި ތެޔޮ ލިބޭގޮތްވުން ކަމުގައިވިޔަސް.'' ރައީސް ވިދާޅުވެފަވެއެވެ.

އައިސް ހޯދުމުގެ ކަންތަކުގައިވެސް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި، ދޯނީގައި އާރު.އެސް.ޑަބްލިޔޫ. ނިޒާމު ޤާއިމުކުރުމަށް ސަރުކާރުން ލޯނު ދޫކުރަން ފަށާފައިވާކަމާއި، ރަށްރަށުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕޮޑްކާސްޓްގައި ރައީސް ދެއްކެވި ވާހަކަފުޅުން، މަސްވެރިންގެ ދާއިރާއަށް ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.