ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ބައްލަވައިލައްވައިފިއެވެ. ތަޢުލީމީ ވުޒާރާއިން އިސްނަންގަވައިގެން ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރެއިން ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ހަރަކާތްތައް ބޭއްވި ސަރަޙައްދަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން،...