މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް
Thiladhunmathi News

އުލިގަމުން މިވަގުތު އެންމެ އެދޭ ކަމަކީ އައު ޞިއްޙީ މަރުކަޒެއް

ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […]

ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ
News

ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ވަނގާރު ހިމަނައިދޭން އެދިއްޖެ

ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް
Thiladhunmathi News

ހޯރަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ފަށައި، ނިންމައިވެސްދޭނަން: ރައީސް

ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރ...

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި
Raajje

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސް...

ރައީސް މިއަދު ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ
Raajje

ރައީސް މިއަދު ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. އިނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުއްޓަށެވެ. ރައީސް އެރަށަށް މިއަދު ވަޑައިގަންނަވާތީ މަރުޙަބާ ދެންނެވުމަށް ރައްޔިތުންނަށް އެއާޕޯޓަށް ދިޔުމަށް ހޯރަފުށީ ކައުންސިލުން ވަނީ އެރަށު ރަށްޔިތުންނަށް ދައުވަތުގެ މެސެޖެއް އާންމުކޮށްފައެވެ. ހޯރަފުށީ ކައުންސިލުން ނެރެފައިވާ މެސެޖުގައިވާގޮތުން ރައީސަށް މަރުޙަބާ ދެންނެވުމަށް އ...

''"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހްކޮށްފި
Raajje

''"ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހްކޮށްފި

ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސް އަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް “ރައްޔިތުންގެ އަޑު” ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ ރޭ މާލޭގެ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދިޔަ ‘އަހާ’ ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގައެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް...

''އަހާ'' ސިލްސިލާގެ ދެވަނަ ފޯރަމް މިރޭ ރައީސް މުޢިއްޒު އާއިއެކު
Raajje

''އަހާ'' ސިލްސިލާގެ ދެވަނަ ފޯރަމް މިރޭ ރައީސް މުޢިއްޒު އާއިއެކު

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ދެވަނަ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. މިރޭގެ ފޯރަމް ހާއްސަ ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. މިރޭގެ ޕްރޮގްރާމް ވެސް އޮންނާނީ ފުރަތަމަ ޕްރޮގްރާމެކޭ އެއްގޮތައް މާލޭގެ ސަލްޓަންޕާކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިރޭގެ ފޯރަމް ފަށަން ނިންމާފައި ވަނީ 20:45 ގައެވެ. ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވުމަށް ފަށާފައިވާ މި ފޯރަމް ބާއްވަން ނި...

ގއ.ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އަޅަން ސޮއިކޮށްފި
Raajje

ގއ.ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އަޅަން ސޮއިކޮށްފި

ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުޢިއްޒު، މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ އެން.ވީ.ބެސިކްސް އެސް.އޭ ކުންފުންޏާއެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބެލްޖިއަމް ކުން...

ބަޖެޓް ފާސްކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިމެނިގެންނެއްނޫން: ރައީސް
Raajje

ބަޖެޓް ފާސްކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިމެނިގެންނެއްނޫން: ރައީސް

މިހިނގާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި ސަރުކާރުން ބޭނުންވިގޮތައް މަޝްރޫޢުތައް ހިމެނިގެންނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ހަވީރު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު ތަންފީޒު ކުރަން ލިބުނު ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ، މި ސަރުކާރުން ހަވާލުވެގެން ހެދި ބަޖ...

ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި
Raajje

ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ގދ. ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަަމަށްވާ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢ...

ސަރުކާރުން މި ކުރަނީ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް: ރައީސް
Raajje

ސަރުކާރުން މި ކުރަނީ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް: ރައީސް

ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާ އެކުގައި ރައްޔިތުން ބޭނުންވާ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދެެކުނުގެ އަތޮޅުތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރަމުން ދާނީ ދަތިތަކުން އަރައިގަނެގެން ކަމަށެވެ. “މަޖިލިސް ހުޅުވި ދުވަހު، ގާނޫނީ ގޮތުން އެކަން ބަޔާން […]

އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި
Raajje

އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފިއެވެ. ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހުސެއިން އިސްމާއިލް އައްޔަން ކުރީ މިދިޔަ މަހުގެ 19 ގައެވެ. ހުސެއިން އިސްމާއިލް ރޭގެ ވަގުތެއްގައި މަގާމުން ވަކިކުރިއިރު، އޭނާ ވަކިކުރެއްވި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ހުސެއިން އިސްމާއިލް މަގާމުން ވަކިކުރި ނަމަވެސް އެ މިނިސްޓްރީގައި އިތުރު ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. އެއީ މަރްޔަމް ވިޝާމާ އަހުމަދު އާއި އަހުމަދު ހަސަންދީދީއެވެ....

އަންހެނުންގެ ކޮމެޓީތަކަށް އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަނީ
Raajje

އަންހެނުންގެ ކޮމެޓީތަކަށް އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަނީ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ ތަކުން އެދޭ އިނާޔަތްތައް ހޯދައިދިނުމަށް ޤާނޫނަށް އިސްލާޙް ހުށަހަޅަން ނިންމާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިމޭރުމުން ވިދާޅުވީ، ރޭ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އ.ތ.މ. ކޮމިޓީތަކަށް ރޯދަ މަހުގެ އިނާޔަތް ހަމަޖައްސައިދިނުން ފަދަ ކަންކަމުގައި މިހާރު ޤާނޫނު އޮތްގޮތުން ހުރަސްތަކެއް ހުރި...

ކުޅިވަރުގެ އެކަޑަމީތަކަށް ކުންފުނިތަކުގެ އެހީތެރިކަން ދޭން ފަށާނަން: ރައީސް
Raajje

ކުޅިވަރުގެ އެކަޑަމީތަކަށް ކުންފުނިތަކުގެ އެހީތެރިކަން ދޭން ފަށާނަން: ރައީސް

ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދިނުމުގެ މަސަައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ލ. ފޮނަދޫ، ޝާރާޒް، މުހައްމަދު އަނަސް، ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ކުޅޭ ކުދިން ތަމްރީނު ކުރާ ތަންތަނާއި، އެކަަޑަ...

ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު އައްޑޫގައި، ޑިޒައިން އަދި ސާވޭ މަސައްކަތް ހަވާލުކޮށްފި
Raajje

ރާއްޖޭގައި އަޅާ އެންމެ ބޮޑު ބްރިޖު އައްޑޫގައި، ޑިޒައިން އަދި ސާވޭ މަސައްކަތް ހަވާލުކޮށްފި

އައްޑޫ ސިޓީގެގެ ހިތަދޫ އާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫސިޓީ އާއި، ފުވައްމުލައް ސީޓީ އާއި، ގއ އަދި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫގެ ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއިކުރި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢި...