އަޅުގަނޑު ގޭގައި ހުރީ އަމިއްލަ ހަރަދުކޮށްގެން، ދައުލަތުން ހަރަދު ނުކުރަން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ހިނގައިދިޔަ ތިން މަހެއްހާ ދުވަހުގެ ތެރޭގައި މ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރި ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފިއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ށ.ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލުގައި ބުނެފައި ވަނީ ރައީސް ދެކަނބަލުންގެ ފަރިއްކޮޅަށާއި އަމިއްލަފުޅު ގޭގެ ހަރަދަށް ދައުލަތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ...