''ދެން އޮތް ދުނިޔެ މާ މުހިންމު، މުސްލިމެއްކަން އަބަދުވެސް ހަނދާން ހުންނަންޖެހޭނެ''
ކޮންމެ ޤައުމެއްގައި ހުއްޓަސް، ތިމަންނަޔަކީ ފަޚުރުވެރި މުސްލިމެއްކަން ހަނދާންނެތިގެން ނުވާނެ ކަމަށާއި، އެ ހަނދާން އަބަދުވެސް ހުންނަންޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ހުރަވީ ސުކޫލުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ސްކޮލާޝިޕް ހާސިލްކުރި ދަރިވަރުންނަށް މަރުޙަބާ ވ...