އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ ކަމަށާއި ކަމެއް ހާސިލް ކުރުމުގައި ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސީއެޗްއެސްއީ އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލު ކުރުމަށް އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި ކެތްތެރިކަމާ އެކު، ނުގުޑާ ފަދަ އަޒުމެއްގައި ދާން ބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Ad
rt

"ކަމެއް ކުރާއިރުގައި ކެތްތެރިކަމާ އެކީގައި މަސައްކަތް ކުރަން ޖެހޭނީ. އަންނާނެ ވަރަށް މާޔޫސްވާ ވަގުތު. ބޭނުންވާ ނަތީޖާ އެ އޮންނަ ޔުނިޓް ޓެސްޓަކުން، ޓާމް ޓެސްޓަކުން ނުލިބިދާނެ. އެހެން ނަމަވެސް އުންމީދު ކަނޑާލައިގެން ނުވާނެ. ކެތްތެރިކަމާ އެކީގައި ޕާސިވިއާ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

"އެ ރިޒިލިއަންސް، އެ ޑްރައިވް އެއީ އެންމެ މުހިންމު ތިން ކަންތައް. މި ތިން ކަންތަކާ އެކީގައި މަސައްކަތްކޮށްފި ނަމަ، ހަޔާތް ކުރިއަށް ގެންދިއުމުގައި ދިރިއުޅުން ކުރިއަށް ގެންދިއުމުގައި މަސައްކަތް ކުރާ ނަމަ، ﷲ މަތިވެރި ކަންތައްތައް މިންވަރު ކުރައްވަވާނެ. އަޅުންނަށް އޮތީ މަސައްކަތް ކުރުން،"

ރައީސް ވިދާޅުވި ގޮތުގައި ގިނަ ދަރިވަރުން ކިޔަވަމުން ދަނީ ވަރަށް ދަތި ހާލުގައެވެ. އެގޮތުން ގެދޮރުގެ ދަތިކަމާއި އާމްދަނީގެ ގޮންޖެހުމާ އެކީގައި ވެސް ލިބޭ ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ވެސް ކާމިޔާބު ހާސިލްވާނީ އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ވާނެ ކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ގިނަ ދަރިވަރުން ކިޔަވަމުން ދަނީ ވަރަށް ދަތި ހާލުގައެވެ. އެގޮތުން ގެދޮރުގެ ދަތިކަމާއި އާމްދަނީގެ ގޮންޖެހުމާ އެކީގައި ވެސް ލިބޭ ފުރުސަތުގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވަނީ މި ސަރުކާރުން އެ ކަންކަމަށް ހައްލު ހޯދައި ދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.