ރައީސް ދެއްވާ ސްކޮލާޝިޕާއި، ސަރުކާރުންދޭ ހައި އެޗީވާސް ސްކޮލާޝިޕް 136 ދަރިވަރަކަށް ދީފިއެވެ.
މަތީ ސާނަވީ އިމްތިހާނުތަކުގެ 5 މާއްދާއިން އެންމެ މަތީ ގްރޭޑް ހޯދައިގެން މި ސްކޮލާޝިޕްތައް ހާސިލްކުރި ދަރިވަރުންނަށް ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
ހުޅުމާލޭ ރެހެންދި ސްކޫލްގައި އޮތް މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނީ 19 ދަރިވަރަކަށެވެ.
އޭގެ އިތުރުން 117 ދަރިވަރަކު ވަނީ ފަސް މާއްދާއިން "އޭ" ގްރޭޑް ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަނަބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!