ނޮޅިވަރަންފަރުގެ ''މަދަހަވީ ބަހާރު''ގެ ފަޚުރުވެރި 1ވަނަ ރިޔާޟަށް؛ ގްރޫޕް މަދަހައިގެ 1ވަނަ މުސްތަރީއަށް
ނޮޅިވަރަންފަރު ކައުންސިލާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އަދި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ “މަދަހީ ބަހާރު”ގެ ވަކިވަކި މަދަހައިގެ ބައިން ފަޚުރުވެރި 1 ވަނަ އެ ރަށު ޓިޔުލިޕް މުޙައްމަދު ރިޔާޟަށް ލިބުނު އިރު މުޅި މުބާރާތުގެ ގުރޫޕް މަދަހައިގެ ބައިން 1 ވަނަ ހޯދާފައިވަނީ މުސްތަރީއެވެ. މި މުބާރާތުގެ ވަކިވަކި މަދަހައިގެ ބައިން މުޅި މުބާރާތުން 2 ވަނަ އާޞިމް މުޙައްމަދަށް ލިބިފައިވާއިރު 3 ވަނަ ހޯދާފައިވަނީ ސިމާނާ ޙުސައިނެވެ. […]