ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ''ކައުންސިލް ކަޕް 2026'' ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތް ފަށައިފިއެވެ.

ނޮޅިވަރަންފަރު 'ކައުންސިލް ކަޕް 2026' ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ފިނޭ ފުޓްބޯޅަ ޓީމާއި، ޓެލެންޓް އެފްސީ، ޔޫ41، ޔުނައިޓެޑް ފަރު، އޯސަން ޖޭއާރު، ނޭކުރެންދޫ އާރްސީ، ހައިވް އެފްސީ ޖޭއާރު، ފްރެންޑްސް އެސްސީ، ކްލަބް ވީސީ، ފުރިއާ އެފްސީ އަދި ވީކޭޕީއެވެ.

Ad
d

ހޭންޑް ބޯލް މުބާރާތުގައި ވާދަކުރަނީ އޯސަން ޖޭއާރު، ނޭކުރެންދޫ އާރްސީ، ވީކޭޕީ، އޯސަން އެސްސީ، ކްލަބް ވީސީ އަދި ޓީމް ކުޅުދުއްފުއްޓެވެ.

ފުޓްސަލް މުބާރާތް 17 ޖުލައިގައި ފިނޭ އާއި ޓެލްންޓް އެފްސީގެ މެޗުން ފަށާފައިވާއިރު، ހޭންޑް ބޯލް ފަށާފައި ވަނީ 18 ޖުލައިގައި އޯސަން ޖޭއާރު އަދި ނޭކުރެންދޫގެ މެޗުންނެވެ.


ފުޓްސަލް ފުރަތަމަ މެޗުގައި 6-1 އިން ޓެލްންޓް އެފްސީގެ މައްޗަށް ފިނޭ ކުރި ހޯދިއިރު، ދެވަނަ މެޗު ޔޫ41 ގެ މައްޗަށް ޔުނައިޓެޑް ފަރު ކުރި ހޯދީ 11-0 އިންނެވެ.

ނޮޅިވަރަންފަރު 'ކައުންސިލް ކަޕް 2026' ފުޓްސަލް މުބާރާތާއި ހޭންޑް ބޯލް މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 27 ގައެވެ.

Ad
df

ނޮޅިވަރަންފަރު ކައުންސިލް ކަޕް 2026 ފެށުމުގެ ރަސްމިޔާތުގައި ރާއްޖޭގެ މަޤްބޫލް ފްރީސްޓައިލް އާރޓިސްޓް މުޙައްމަދު ސައިފް ޒާއިރުގެ ހުނަރު ވަނީ ދައްކާލާފައެވެ.