ހދ.ނޮޅިވަރަންފަރުގައި ހުރި ސީދީ ޒިޔާރަތާއި، އިހުގެ ހުކުރު މިސްކިތުގެ ފޮޓޯ ހުރި ފަރާތްތަކުން، ކައުންސިލް އިދާރާއަށް ފޮޓޯތައް ޙިއްޞާކޮއްދެއްވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ.

އެ ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް، ދެެމެހެއްޓުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި، އެ ތަންތަން ކުރިން ހުރި އަސްލުގޮތަށް އިޔާދަ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

Ad
d

އެ މަސައްކަތް ވީހާވެސް ފުރިހަމައަށް ކުރިޔަށް ގެންދިޔުމަށްޓަކައި، ސީދީ ޒިޔާރަތާއި އިހުގެ ހުކުރު މިސްކިތުގެ އިހުގެ ފޮޓޯ ކައުންސިލަށް ބޭނުންވާތީވެ، އީމެއިލްގެ ޒަރީޢާއިން ނުވަތަ ވައިބަރ (9652136) މެދުވެރިކޮށް ކައުންސިލަށް ފޮޓޯ ފޮނުވައިދެއްވުމަށް އެ ކައުންސިލުން އެދެއެވެ.

ހާޑްކޮޕީ( ޕްރިންޓް ކޮއްފައިވާ ފޮޓޯ) ހުރި ފަރާތްތަކުން، ކައުންސިލް އިދާރާގެ ކައުންޓަރާ ފޮޓޯ ޙަވާލު ކުރުމުން، ސްކޭން ކުރުމަށްފަހު އަސްލު ފޮޓޯ ވަގުތުން ރައްދު ކޮއްދެވޭނެކަމަށް ވެސް ކައުންސިލުން ހާމަކޮއްފައިވެއެވެ.

ނޮޅިވަރަންފަރަކީ އުތީމު ތިން ބެއިންގެ ޖިހާދުގެ ތާރީޚީ ހާދިސާއާއި ގުޅިފައިވާ އެއް ރަށެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ ބޮޑުތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި ކަޅުއޮއްފުންމި ބަނުމުގައި ނަކަތްތަކާއި އިރުވަރު ބައްލަވައިދެއްވި ނަކަތްތެރިއެއްގެ އިތުރުން ނުޖޫމީ ޢިލްމްވެރިއެއްކަމަށް ތާރީޚީ ބައެއް ފަތްފުއްތަކުގައި ބުނެފަވެއެވެ.

ޕޯޗްގީޒުންގެ އަނީވެރި ވެރިކަން ދިވެހިރާއްޖެއިން ފޮހެލައި، ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދަވައިދެއްވުމަށްފަހު މުޙައްމަދު ތަކުރުފާނު ޤައުމާއި ހަވާލުވެ ފެއްޓިވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްމަސައްކަތަކީ ދީނީ ތަޢުލީމު ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅެވެ. އެދުވަސްވަރު ދިވެހިރާއްޖޭގައި ތިއްބެވި މަދު އިލްމުވެރިންގެ ބޭނުންހިއްޕަވާ އެބޭފުޅުންގެ އެހީތެރިކަމާއި މަދަދާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިނީތައުލީމު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސެވިއެވެ.
އެގޮތުން އުތުރުގެ މައި އެދުރަކަށް ހަމަޖެއްސެވީ މުޙައްމަދު ތަކުރުފާނުގެ ބޮޑުބޭބޭފުޅު އަދި އެތަކުރުފާނުގެ އިސް އެދުރުބެ ކަމުގައިވާ ނޮޅިވަރަންފަރު އެދުރުކަލޭގެފާނެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނު މި މަސައްކަތް ކުރައްވަން ފެއްޓެވީ ނޮޅިވަރަންފަރުގައި ހުރި މިސްކިތުގެ ދާލަމަތީގައެވެ. އަތޮޅުގެ އެކިއެކި ރަށްރަށުން ދަރިވަރުންގެނެސް ފެއްޓެވި މިތައުލިމަކީ އެރަށުގެ ތަޢުލީމުގެ ބިންގާކަމުގައި ބުނެވެއެވެ.

Ad
df