ސިއްހީ މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް، ސެންޓްރަލް ފެސިލިޓީގެ ބިންގާ އަޅައިފި
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ “ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް” (އޭޕީވީއޭއެކްސް) ގެ ދަށުން އިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން އިންތިޒާމުކުރި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީއެވެ. އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅ...