ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މި ދަނޑު ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.

Ad
rt

މިއަދު 17:00 ހާއިރު މި ދަނޑު ރަސްމީކޮށް ހުޅުވުމާއެކު މިދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްގެ ވަނީ ކުޅެން ފަށާފައެވެ. މި މެޗްގައި އެއްކޮޅުން ޓީމް ކުޅުދުއްފުށި ބައްދަލުކުރާ އިރު އަނެއްކޮޅުން ބައްދަލު ކުރަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމެވެ. ނަމަވެސް ޤައުމީ ޓީމުގައި ޔޫތު މިނިސްޓަރު މަހްލޫފްވެސް ދަނީ ކުޅެމުންނެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފައިވާއިރު، ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ ރަސްމީ ޖަލްސާ ވެސް ރައީސް ޞާލިޙް ޝަރަފުވެރިކޮށްދެވުމަށް ހަމަޖެހިފަވެއެވެ.

ޒުވާނުންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރަމުން ދަނީ ކުޅުދުއްފުށީ ސިޓީގައެވެ. މި ދުވަހާއި ގުޅުވައިގެ ޔޫތު މިނިސްޓްރީއާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ސިޓީގައި ދަނީ ހިންގަމުންނެވެ.