ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

Gaumee Team

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ޓީމް ކުޅުދުއްފުށީ ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރުއެވެ. މި މެޗް ފަށަން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 16:00 ގައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ރަސްމީބޯޅަދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ގޮތުން ޓީމް ކުޅުދުއްފުއްޓާއި، ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗެއް ހަވީރު 16:00 ގައި ފެށޭނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

ޒުވާނުންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަކުރަމުން ދަނީ ކުޅުދުއްފުށީ ސިޓީގައެވެ. މި ދުވަހާއި ގުޅުވައިގެ ޔޫތު މިނިސްޓްރީއާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ގުޅިގެން ގިނަ ހަރަކާތްތަކެއް އެ ސިޓީގައި ދަނީ ހިންގަމުންނެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްދާ ކުޅިވަރުތަކަށް އެ ސިޓީގެ ޒުވާނުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ މެޗަށް ގައުމީ ޓީމު ކުޅުދުއްފުއްޓަށް ދާއިރު އެ ގެންދާނީ  23 ކުޅުންތެރިންގެ ސްކޮޑެއް ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. ގައުމީ ޓީމަށް އާ ކޯޗެއް އިއްޔެ ހަމަޖައްސާފައިވާއިރު އެ ކޯޗް ވެސް ޓީމާއެކު ދަތުރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިގޮތުން މި މެޗަށް ގައުމީ ޓީމާ އެކު ކުޅުދުއްފުށްޓައް ގައުމީ ކޯޗު މޮރިއޭރޯ ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އެ މެޗުގައި އޭނާ ޓީމަށް އިރުޝާދު ނުދޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި