ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި
ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މިއަދު ހަވީރު އެކަމަށްޓަކައި އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްވެރި މެޚްމާނަކީ މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރުޑީސީ) މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ. މީގެ އިތުރުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދާއި، އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފްގެ އިތުރުން ސިޓީގެ ކ...