ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެސިޓީގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަރާތްތަކުން އެމުއްދަތުގެ ތެރޭގައި "ކުޅުދުއްފުށި ސިޓީ ނައިޓް މާރކެޓް ގައި ބައިވެރިވުމަށް އެދޭ ފޯމް" ކައުންސިލް އިދާރާއަށް ހުށައަޅަން ޖެހޭނެއެވެ.

Ad
rt

މީގެއިތުރުން އެއިއުލާނުގައި މާކެޓްގައި ދޫކުރެވޭނޭ ގޮޅިތަކުގެ ސައިޒް އަދި 3 ދުވަހަށްވާ ޖުމްލަ އަގުތައްވެސް ވަނީ ބަޔާން ކޮށްފައެވެ.

އެގޮތުން ގޭގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ރާއްޖޭގައި އުފައްދާ ނުވަތަ ހައްދާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކާ ފަރާތްތަކަށް 10 ފޫޓް، 8 ފޫޓް ގެ ގޮޅިއެއް ދޫކުރުމަށް ހަމަޖެހިފައިވަނީ -/200 (ދުއިސައްތަ ރުފިޔާ) އަށެވެ. އަދި އިމްޕޯޓް މުދާ ވިއްކާފަރާތްތަކަށާއި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކަށް ހާއްސަ 10 ފޫޓް، 16 ފޫޓް ގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ -/400 (ހަތަރުސަތޭކަ ރުފިޔާ) އަށެވެ.

ފޯމް ހުށައަޅާ ވަގުތު ނަންގަވާ ގޮޅިއަށްވާ ފައިސާ ދެއްކުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

މިނައިޓް މާރކެޓާއި ގުޅޭ އިތުރު ތަފްސީލް "ކުޅުދުއްފުށީ ސިޓީ ނައިޓް މާކެޓް ބޭއްވުމުގެ އުސޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ.