ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުބަތު ހުޅުވާލައިފިއެވެ.
"ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 05 އޭޕްރީލް 2022 އިން 06 އޭޕްރިލް 2022 އަށް ޖުމްލަ ދެ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 20 މާރޗް 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެ ދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް ނުވަތަ ޔުނިވަރސިޓީ މެދުވެރިކޮށް ސިޓީ ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން މުބާރާތުގައި ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް ނުވަތަ ޔުނިވަރސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް ސިޓީ ކައުންސިލް އިދާރާއަށް ފޮނުވައި ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އެ އިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށާއި އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އެ އިދާރާގެ ކައުންޓަރުން ވެސް ލިބެންހުންނާނެ ކަމަށެވެ.
މުބާރާތުގައި ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމުގެ ފުރުޞުތު ވެސް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!