ކުޅުދުއްފުށީގައި މަދިރި ކޮންޓްރޯލް ކުރުމަށް މަދިރި އުފެދޭ ތަންތަނަށް ބޭސް އަޅައިފި
ކުޅުދުއްފުށީގައި މިދުވަސްކޮޅު މަދިރީގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާތީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅައިފިއެވެ. ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު، ރަށުގެ އޮޑި އެހެލާ ސަރަހައްދާއި ރަށުގެ އިރުމަތި ފަރާތު ބޮނބި އޮޅަށް ވެސް ވަނީ ބޭސް އަޅާފައެވެ. މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން […]