ކުޅުދުއްފުށީގެ ތިން ސްކޫލެއްގެ ދަރިވަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާއާއި ގުޅޭ ކެރިއަރ ގައިޑެންސް ސެޝަން ކުރިއަށް ގެންގޮސްފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި، ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން އޭއީސީގެ ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގައި ކިޔަވާ ޖުމްލަ 56 ދަރިވަރަކު ބައިވެރިވެ ވަނީ ސެޝަން ފުރިހަމަ ކޮށްފައެވެ.
މި މަހު ހަތަރުވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ "ލޯންޗް ޔުއަރ ކެރިއަރ އެޓް ފިޝަރީޒް" ގެ ނަމުގައެވެ. މިސެޝަންގައި ކިޔަވައިދެއްވާފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ސެޝަން ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ދަރިވަރުން މަސްވެރިކަމުގެ ސިނާއަތަށް ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް އަންގައިދީ، ދާއިރާއަށް ޝައުގުވެރިކަންހުރި ޒުވާނުންތަކެއް އުފެއްދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!