ކުޅުދުއްފުށީގައި މިދުވަސްކޮޅު މަދިރީގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވެފައިވާތީ މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ ކާނުތަކަށާއި، މަދިރި އުފެދޭގޮތަށް ހުރި ތަންތަނަށް މަދިރި ބޭސް އަޅައިފިއެވެ.

ރަށުގެ ހުރިހާ ތާރު މަގެއްގެ ކާނުތަކަށް ބޭސް އަޅާާފައިވާއިރު، ރަށުގެ އޮޑި އެހެލާ ސަރަހައްދާއި ރަށުގެ އިރުމަތި ފަރާތު ބޮނބި އޮޅަށް ވެސް ވަނީ ބޭސް އަޅާފައެވެ.

Ad
rt

މަދިރި ފަނި އިތުރަށް އާލާވިޔަ ނުދީ، މަދިރި އަށް ބަދަލުވުމުގެ ކުރިން ފަނި ނައްތާލުމަށް ކައުންސިލުން ބޭނުން ކުރީ "އެބޭޓް" ކިޔާ މަދިރި ބޭހެކެވެ. މި ބޭހުގެ އަސަރު ކުރަމުންދާ މިންވަރު ބެލުމަށްޓަކައި މިވަގުތަށް ވަނީ މަސައްކަތް ނިންމާލާފައެވެ. ނަމަވެސް ކުރިއަށް އޮތްތާ އިތުުރަށް މަދިރި އާލާވާނަމަ އަނެއްކާވެސް މަސައްކަތް ފެށުމަށް ކަައުންސިލުން ނިންމާފައިވެއެވެ.

ކުޅުދުއްފުށިން މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް އަޅަނީ، ފޮޓޯ: ސިޓީ ކައުންސިލް

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ސިޓީ ކައުންސިލްގެ މުވައްޒަފުން ކަމުގައި ވާއިރު، ސިޓީ ކައުންސިލް ގެ މޭޔަރ ވެސް ކާނުތަކަށް ބޭސް އެޅުމުގެ ހަރަަކާތުގައި މިއަދު ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން ގޯތިތެރޭގައި ހުރި ފެން ހަރުލާ ތަންތަން ނައްތާލަައި، އާންމު ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއްދީ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.