ކުޅުދުއްފުށީގެ "މަލަފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިފި
ކުޅުދުއްފުށި ސިޓީގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ގާއިމުކުރި “މަލަފެހި” ނާސަރީ އިއްޔެ ހުޅުވައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިތަނަކީ އެ ކައުންސިލްގެ “ފިނިފެހި ސިޓީ” މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ. މި ނާސަރީ ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގެ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ. މި ނާސަރީ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިިފް އާއި ދިވެހި ރެޑްކްރެސެންޓްގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރު...