މި އަހަރު ރަމަޟާން މަހު ކުޅުދުއްފުށީ ސިޓީގައި އިމާމުވެ ތަރާވީސް ކުރަން ހަމަޖެހިފައިވަނީ ކުޅުދުއްފުށްޓަށް ނިސްބަތްވާ ޒުވާން ޚަތީބުން ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ނެރުނު އިއުލާނުގައި ވާ ގޮތުން ހަސަނާތު މިސްކިތުގައި ތަރާވީސް ކުރަން އިބްރާހިމް މަލްސޫންް ހަމަޖެހިފައި ވާ އިރު، މުޙައްމަދު މިސްކިތުގައި ތަރާވީސް ކުރަނީ މުޙައްމަދު އާދަމް އާއި މުޙައްމަދު ފާއިޤު ޙުސެއިން ފަހުމީ އެވެ.
އެގޮތުން އިމާމުވެ ނަމާދު ކުރާ ތިން ކުދިންގެ ތެރެއިން ނަމާދު ކުރަން ހަމަ ޖެހިފައިވާ އިބްރާހީމް މަލްސޫން އަކީ މީގެ އަހަރު ތަކެއް ކުރިން އިމާމް ކޯސް ހަދާ، އިމާމުވެ ތަރާވީސް އަދި ދަމު ނަމާދުވެސް ކުރަމުން އަންނަ ޚަަތީބެކެވެ. މަލްސޫން އެންމެ ފުރަތަމަ ބަންގި ގޮވީ 2015 ވަނަ އަހަރު އުމުރުން އެންމެ 8 އަހަރުގައި ނޫރު މިސްކިތުގައެވެ. އަދި އެންމެ ފުރަތަމަ އިމާމުވެ މިސްކިތުގައި ނަމާދު ކުރީ 2019 ވަނަ އަހަރު ފިރްދައުސް މިސްކިތުގައެވެ.
ޒުވާން ޚަތީބުންނަށް މި ކަހަލަ ފުރުޞަތުތައް ފަހި ކޮށްދިނުމުގެ ސަބަބުން، ދީނީ ކަންކަމަށް ޒުވާނުންގެ ހިތުގައި އިތުރަށް ލޯބި ޖެހި، ބޮޑެތި ވަމުން އަންނަ ކުދިން ދީނީ ކަންކަމަށް ދޭ ޝަައުގުވެރިކަން އިތުރުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!