Skip to main content
Topic Archive

#ހދ.ނެއްލައިދޫ

93 Stories filed
ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް
Raajje

ވަޤްފު މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ ދަށުން ހދ. ނެއްލައިދޫގައި 10 އައުޓްލެޓްގެ ޢިމާރާތެއް އެޅުމަށް، ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފްއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ...

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް
Raajje

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ނެއްލައިދޫގައި ޚާއްޞަ ހަވީރެއް

އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި ޚާއްޞަ އިސްރަށްވެހިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރަކީ، ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަވީރުގެ ތެރެއިން އުފާވެރިކަމާއި، ލޯތްބާއި ކުލުނުގެ މާހައުލެއްގައި އިސްރަށްވެހި...

ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާކުރަނީ
Thiladhunmathi News

ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ވެސް ވިލެޖް ވީވަރ އާލާ ކުރުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒު ރިކްރިއޭޝަން ކްލަބުން އިސްނަގައިގެން ފަށައިފިއެވެ. ނެއްލައިދޫގެ ގުދުރަތީ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސް ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގުސަދުގައި މި ދޫނި އެ ރަށުގައި އާލާކުރުމުގެ މަސައްކަތް ކުރަނީ ރަށުގައި ހުރި ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާއި ވެސް އެކުގައެވެ. އަދި ރަށް ޕްރޮމޯޓް ކުރުމަށް ހަދާފައިވާ “ވިޒިޓް ނެއްލައިދޫ” ފޭސްބުކް ޕޭޖުން ވެސް އަންނަނީ މިކަމ...

ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި
Thiladhunmathi News

ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި

ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ. އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ […]

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ ޖޫން މަހުގެ ދިހަވަނަ...

ނެއްލައިދޫ އެންމެ އަލިގަދަ ތަރިއަކަށް މިންހާ
Thiladhunmathi News

ނެއްލައިދޫ އެންމެ އަލިގަދަ ތަރިއަކަށް މިންހާ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ނެއްލައިދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ޝަރަފްވެރި އެއްވަނަ ހޯދައި އަލިގަދަ ތަރީގެ މަގާމް މިންހާ ޢަބްދުލްމުޙައިމިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް ކުރިއަށް ގެންގޮސްފައި ވަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފައިނަލުގެ ފުރަތަމަ ކިޔުން އޮތީ ބުރާސްފަތި ދުވަހުގެ ރެއެވެ. މުބާރާތުގެ ދެވަނަ ކިޔުމާއި ނަތީޖާ ފާޅުކުރުން އޮތީ ރޭ ބޭއްވި ގްރޭން ފިނާލޭ ޝޯގައެވެ. ފައިނަލުގައި ވާދަކޮށްފައި ވަނީ އެންމެ […]

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި
Thiladhunmathi News

ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތު ފައިނަލަށް ބައިވެރިން ހޮވައިފި

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އަލިގަދަތަރި ޤުރުއާން މުބާރާތް 1445 ” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވި މުބާރާތުގެ ދެވަނަ ބުރަށް ފަހުއެވެ. އެ ބުރުގައި 13 ބައިވެރިން ވަނީ ކިޔަވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ އެ ބުރުން އެންމެ މަތިން މާކްސް ހޯދި ފަސް ބައިވެރިންނެވެ. އެ ބައިވެރިންނަކީ: އާޢިޝަތު މަލްދާ / ވާދީ […]

ނެއްލައިދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ބައިވެރިން
Thiladhunmathi News

ނެއްލައިދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ބައިވެރިން

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މިއަދު ފަށާނެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ އާބާދީގެ މެދުގައި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ތަޖުވީދުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކީރިތި ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ރީތިކޮށް ބަލައިގެން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި ޤުރުއާން ހިތުދަސް ކުރުމުގެ ރޫހު އަށަގެ...

"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ
Thiladhunmathi News

"ނެއްލައިދޫ އެންމެ އަލިގަދަތަރި" އެއްވަނަ ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ނެއްލައިދޫ އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތް މި މަހު 21 ގައި ފަށާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވުމަށް އޮޑިޝަން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. މުބާރާތަށް 20 ބައިވެރިން ހޮވަން ނިންމާފައި ވީނަމަވެސް، މުބާރާތަށް ހޮވާފައި ވަނީ 15 ބައިވެރިންނެވެ. ބައިވެރިން މަދުވުމާއިއެކު އިންތިޒާމް ކުރާ ފަރާތުން ވަނީ މުބާރާތުގެ ފުރަތަމަ ބުރު ނުބާއްވަން ނިންމާފައެވެ. މުބާރާތް […]

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ
Thiladhunmathi News

ނެއްލައިދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ހިރިނައިދޫ ދެނީ

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް އެ އަތޮޅު ހިރިނައިދޫ ހަމަޖައްސައްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުގައި އިއްޔެ ނެއްލައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ، ނެއްލައިދޫ ރައްޔިތުންނަށް އިޤުތިޞާދީ ނަފާ ހޯދައިދިނުމަށް ނެއްލައިދޫ ކައިރީ އޮންނަ ހިރިނައިދޫ ހަމަޖެއްސުމަށް، އެރަށް ނެއް...

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ
Thiladhunmathi News

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހދ. ނެއްލައިދޫ ގައި ގާއިމުކުރާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ 2024 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މިހާރު މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢުއާއި ބައްދަލުކުރުމަށްފަހު އެވެ....

ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް
Thiladhunmathi News

ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވި “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ނެއްލައިދޫ ބަށި ޓީމުން ވަނީ ކުޅުދުއްފުށީ ޓީމް ކޮރަލްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފާއިތުވި އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ […]

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގައި ރަސްމީކޮށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ ދިހަވަނަ ދުވަހއެވެ. މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އެ ރަށުގެ ހުރިހާ މުވައްސަސާތަކާއި އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކ...

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް
Thiladhunmathi News

ނެއްލައިދޫގައި ޑިންގީ ޕްލެޓް ފޯމެއް، ވައިކަރަދޫގައި މޫދައް އެރޭ ސަރަހައްދެއް، ކުރިނބީގައި ޔޫތު ސެންޓަރެއް

އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް
Thiladhunmathi News

ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ނެއްލައިދޫގައި ހަރަކާތްތަކެއް

އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް...