ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން، ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އަންނަ ޖޫން މަހުގެ ދިހަވަނަ ދުވަހުގެ 14:00 ގެ ކުރިން ނެއްލައިދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެ އިދާރާއިން ވަނީ އެދިލައްވާފައެވެ.
މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ފޯމާއިއެކު އެ ޓީމެއްގެ އަހަރީ ފީ އަދި ޓީމް/ކުލަބުގެ ރަޖިސްޓްރީ ކޮޕީ ހުށައަޅަން ޖެހެއެވެ. ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ޓީމެއް/ކުލަބެއް އަލަށް މި މުބާރާތުގައި ބައިވެރިވާނަމަ ރަޖިސްޓްރީގެ ކަންކަން ކޮށް ނިންމުމަށް އެ ކައުންސިލުން އެދެއެވެ.
ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމާއިއެކު 2000 (ދެހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހޭއިރު، ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާން ހުށަހަޅާ ފޯމާއިއެކު 1000 (އެއްހާސް ރުފިޔާ) ގެ ފީއެއް ދައްކަން ޖެހެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!