އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމަށް ހދ. ނެއްލައިދޫގައި ޚާއްޞަ އިސްރަށްވެހިންގެ ހަވީރެއް ކުރިއަށް ގެންގޮސްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރަކީ، ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރާއި ދިވެހި ރެޑްކުރެންސެންޓް ނޯތު ރީޖަން އޮފީހާއި ފުލުހުން އަދި ނެއްލައިދޫ ކައުންސިލާއި އެރަށުގެ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

Ad
rt

މި ހަވީރުގެ ތެރެއިން އުފާވެރިކަމާއި، ލޯތްބާއި ކުލުނުގެ މާހައުލެއްގައި އިސްރަށްވެހިންގެ ބަންޖާއި ރައިވަރު އަދި ދިރިއުޅުމުގައި ދިމާވެފައިވާ ޚާއްޞަ ވާހަކަތައް ހިއްސާކުރުން ކުރިއަށް ގެންގޮސްފަވެއެވެ.

މީގެ އިތުރުން ތާރީޚީ މުހިންމު ވާހަކަތަކާއި ދިރިއުޅުމުގައި ދިމާވި އެކި ހާދިސާތަކުގެ ވާހަކަތަކަށް ވަނީ ކިޔައިދީފައެވެ. މިވާހަކަތަކަކީ އެ ހަވީރުގައި ބައިވެރިވި އެކި އުމުރުގެ ކުދީންނާއި، ޒުވާނުންނަށް މުއްސަނދި މައުލޫމާތު ތަކެކެވެ.

މި ހަރަކާތުގެ ތެރެއިން ވަނީ ތަފާތު އެކި ގޭމްތަކާއި، ފަނުން ތަކެތި ވިޔުމާއި، އޮށްވަޅުގަނޑިއާއި ތާސް އަދި ރާޒުވާއާއި ރުމާވައްޓަ ފަދަ ކުޅިވަރުތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އިސްރަށްވެހިން ފާހަގަކުރީ އިސްރަށްވެހިންނަށް ޚާއްޞަކޮށް ބާއްވާ މިފަދަ ހަރަކާތްތައް އިތުރުކުރުން މުހިންމު މި ހަވީރަށް ޒިޔާރާތްކުރި އިސްރަށްވެހިން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ހަރަކާތްތަކުން އެ މީހުން އެއްތަން ކުރުވައި އުފާވެރި، ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާކަން އެމީހުން ވަނީ ފާހަގަކޮށްފައި ކަމަށެވެ.